ހެއިޓީގައި އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހި ކޮރެލާ ފެތުރި ސަރުކާރުގެ އަމުރަށް ތަބާވާން މީހުން ދެކޮޅު ހަދަމުން ދިއުމުން ހަތިޔާރު އެޅި ބައިނަލްއަގްވާމީ ސަލާމަތީ ލަޝްކަރެއް ހެއިޓީއަށް ފޮނުވުމަށް އދގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.
ސެކްރެޓެރީ ޖެނެރަލްގެ ގޮވާލުމާ ދެކޮޅަށް ހެއިޓީގެ ވެރިރަށް ޕޯޓްއޯ ޕްރިންސްގައި އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައެވެ.
ހެއިޓީގައި ސަލާމަތީ ކަންކަން ބޮއްސުން ލައިގެން ދިއުމުން މީހުން މެރުމާއި ލޫޓުވުން ވަނީ އާންމު ކަމަކަށް ވެފައެވެ.
މުޒާހަރާ ކުރާ މޚީހުން ބުނަނީ ގައުމު ތަރައްގީ ކުރުމަށް އެހީތެރިކަން ޔަގީނުންވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ބިދޭސީ ސިފައިންގެ ބޫޓުތައް ހެއިޓީގެ ފަސްގަނޑުގައި ބީހެން ބޭނުން ނުވާ ކަމަށެވެ.