އަމީތާ ބަޗަންއާއި އެކު ކުޅުނު ގުޑްބައި ފިލްމް އިޝްތިޙާރުކުރުމުގައި އުޅުމަށްފަހު، އެ ފިލްމް ރިލީސް ކުރުމުން ރަޝްމިކާ މަދަންނާ ޗުއްޓީހޭދަކުރުމަށް ދިވެހިރާއްޖެ އަތުވެއްޖެއެވެ.

އިއްޔެ އާއި މިއަދުވެސް ރަޝްމިކާ އޭނާގެ އިންސްޓަރގްރާމުގައި ރާއްޖޭގައި ހޭދަކުރާ އުފާވެރި ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން އެބަގެންދެއެވެ.

ރަޝްމިކާ އަކީ ތެލަނގޫ، ކަންނާޑަ، ޓަމަޅަ، އަދި ހިންދީ ފިލްމުތައްވެސް ކުޅާ ހުނަރުވެރި ފަންނާނެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމް "ގްޑްބައި" އަކީ ހިންދީ ބަހުން ކުޅެފައިވާ ބޮލީވްޑް ފިލްމެކެވެ. އެ ފިލްމް ރިލީސްކުރީ މިމަހު ކުރީކޮޅުގައެވެ.

ރަޝްމިކާ ޗުއްޓީހޭދަކުރަމުންދަނީ މާލެއަތޮޅު ބޮލިފުށި ރިސޯޓުގައިކަމަށް އޭނާގެ އިންސްޓަރގްރާމް ފޮޓޯތަކާއި ވީޑީއޯތަކުގައި ލިުެފައި ވެއެވެ.