މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 7:30 އިން މެންދުރު 13:30 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް މިއަދު 7:30 އިން 13:30 ހާއި ދެމެދު ބޯކޮށް ވާރޭވެހޭނޭ ކަމަށެވެ. އޭގެ އިތުރުން ގުގުރާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މެޓުން ބުނެފައިވަނީ މި ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.