އދގެ ސަލާމަތީ މަޖިލީހުގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ މުހިންމު ބައްދަލުވުމެއް އިންޑިއާގެ ނިއުދިއްލީއާއި މުމްބާއީގައި ބާއްވަން ހަމަޖައްސާފައި ވެއެވެ. އޮކްޓޯބަރު މަހުގެ 29ން 28އަށް އޮން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ އދގެ ސަލާމަތީ މަޖިލީހުގެ ޑިޕްލޮމޭޓުންނާއި މެމްބަރު އެހެން ގައުމުތަކުންނެވެ.

މި ބައްދަލުވުމަކީ، އިންޑިއާގެ މުމްބާއީއަށް 11/26ގައި ދީފައިވާ ޓެރަރިސްޓް ހަމަލާގެ ހަނދާނީ ދުވަހާ ދިމާކޮށް ބާއްވާ ބައްދަލުވުމެކެވެ.

އިންޑިއާއަކީ އދގެ ސަލާމަތީ މަޖިލީހުގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ 2022 ވަނަ އަހަރުގެރިއާސަތު ބަލަހައްޓާ ގައުމެވެ.

ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖް ވިދާޅުވީ، މުމްބާއީގައި 26/11 ގައި ދިން ބިރުވެރި ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ހަނދާނުގައި އދގެ ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ މެމްބަރުން އިހްތިރާމް އަދާކުރާނެ ކަމަށެވެ..

އިންޑިއާގައި ބާއްވާ ބައްދަލުމުގެ މައުޟޫއަކީ ކައުންޓަރިންގ ދަ ޔޫސް އޮފް ނިއު އެންޑް އިމާރޖިންގ ޓެކްނޮލޮޖީސް ފޮރ ޓެރަރިސްޓް ޕާރޕަސް އެވެ.

މި ބައްދަލުވުމުގައި ޓެރަރިސްޓުން ބޭނުންކުރާ މުހިންމު 3 ޓެކްނޮލޮޖީއެއް ކަމަށްވާ އިންޓަނެޓް ސޯޝަލް މީޑިއާ، ޓެރަރިޒަމަށް ފައިނޭންސް ކުރުން، އަދި ޑްރޯންގެ ހަލުވި ކުރިއެރުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.