އިންޑިއާއިން އޮސްކާއަށް ފޮނުވި، ގުޖްރާތު ފިލްމެއްކަމަށްވާ "ޗެއްލޯ ޝޯ" ކުޅު ކުޑަކުއްޖާ ރާހުލް ކޯލީ 15 އަހަރުގައި މަރުވެއްޖެއެވެ.

ހިންދުސްތާން ޓައިމްގައި ބުނެފައިވަނީ ރާހުލް ކޯލީ މަރުވީ ލޭގެ ކެންސަރު ޖެހިގެން ކަމަށެވެ. އޭނާގެ އާއިލާއިން މިކުއްޖާގެ ޖަނާޒާ ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. .

ރާހުލް ކޯލީގެ އާއިލާއިން ބުނިކަމަށް ހިންދުސްތާން ޓައިމްގައި ވަނީ އޭނާ އާދީއްތަ ދުވަހު ހެނދުނު ސައި ބޮއިގެން އިރުކޮޅެއްވީފަހުން ހުން އައީކަމަށެވެ. އެއަށްފަހު ހޮޑުލީކަމށެވެ. އަދި ހޮޑުލީ ލެއާއި އެކު ކަމަށެވެ.

ރާހުލް ކޯލީ ލިޔުކީމިއާއަށް ފަރުވާ ދެމުންދިޔައީ ގުޖުރާތު ކެންސަރ ރިސާޗް އިންސްޓިޓިއުޓްގައެވެ. އޭނާއަށް ކެންސަރު ޖެހުނުކަން އެނގިފައިވަނީ މީގެ 4 މަސް ކުރިންނެވެ.

2023 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް އިންޑިއާއިން ފޮނުވާފައިވާ "ޗެއްލޯ ޝޯ" (އެންމެ ފަހުގެ ފިލްމް ޝޯ) ގައި ރާހުލްގެ އިތުރަށް 5 ކުޑަކުދިން މުހިންމު ދައުރު އަދާކުރިއެވެ. މިއީ ފިލްމު ބެލުމަށް ދެވިހިފާފައިވާ ކުއްޖެއްގެ ދިރިއުޅުންދައްކައިދޭ ފިލްމެކެވެ.

ފިލްމް ޗެއްލޯ ޝޯ ސިނަމާތަކުގައި އަޅުވަނީ މިމަހު 14ގައެވެ.

ރާހުލް ކޯލީގެ އާއިލާއިން ބުނެފައިވަނީ އެމީހުންގެ ދަރިފުޅު މަރުވިކަމުގައި ވިޔަސް ފިލްމުގެ ފުރަތަމަ ޝޯ ބެލުމަށް ސިނަމާއަށް ދާނެކަމަށެވެ.