ސަރުކާރުން 28 ރަށެއްގައި ޤާއިމްކުރެވިފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑުތައް ޔޫތު މިނިސްޓްރީން ހަވާލުކޮށްފިއެވެ.

އެ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފެވެ. އެ ރަށްތަކުގެ ފަރާތުން ބޯޑުތަކާއި ހަވާލުވެލެއްވީ އެ ރަށްތަކުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ:

  • ހއ.ކެލާ
  • ހއ.މޮޅަދޫ
  • ހއ.ފިއްލަދޫ
  • ހއ.ދިއްދޫ
  • ހއ.ތަކަންދޫ
  • ށ.ކޮމަންޑޫ
  • ށ.ފޯކައިދޫ
  • ށ.މާއުނގޫދޫ
  • ނ.ކެނދިކުޅުދޫ
  • ރ.އުނގޫފާރު
  • ކ.މާފުށި
  • ހިންމަފުށި
  • އދ.ފެންފުށި
  • އދ.ދިއްދޫ
  • މ.މުލައް
  • މ.ދިއްގަރު
  • ފ.މަގޫދޫ
  • ތ.ތިމަރަފުށި
  • ތ.މަޑިފުށި
  • ލ.ގަން
  • ލ.މާބައިދޫ
  • ގއ.ވިލިނގިލި
  • ގއ.ކޮލަމާފުށި
  • ގއ.ދާންދޫ
  • ގދ.ހޯނޑެއްދޫ
  • ގދ.ތިނަދޫ
  • ގދ.މަޑަވެލި
  • ސ.ހިތަދޫ
  • ހުޅުމާލެ ޔޫތި ސެންޓަރު

ބޯޑުތައް ހަވާލުކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދު ރަށްތަކުގެ ލިސްޓު އެކުލަވާލީ ޒުވާނުންގެ މަރުކަޒު ހުރި ރަށްތަކާއި، ބިލިއާޑް ބޯޑަށް ރިކުއެސްޓު ލިބިފައިވާ ރަށްތަކަށް ބަލައިގެން ކަމަށެވެ.

ޔޫތު މިނިސްޓްރީން އަންނަނީ ރަށްރަށަށް ބޭނުންވާ ކުޑަކުދިންގެ ޕާކު ސާމާނާއި، އައުޓް ޑޯ ޖިމްގެ ސާމާނު ވެސް ފޯރުކޮށްދެމުންނެވެ.