ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނޭޭ ދުވަހެއް ރައީސް އޮފީހުން ވިދާޅުވެފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ވެސް ރައީީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

މިއީ އެމަނިކުފާނު މިއަަހަރު ސިންގަޕޫރަށް ކުރައްވާ 4 ވަނަ ދަތުރުފުޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން އެއްފަހަރު ވަޑައިގެންނެވީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ. ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު މާދުވަހެއް ނުވަނީސް އެވެ.