އިންޑިއާގައި ޓެލެކޮމްގެ ހިދުމަތް ދިނުމަށް އަދާނީ ގްރޫޕަށް ލައިސަންސް ދީފިއެވެ. ދާދިފަހުން ބޭއްވި 5ޖީ ސްޕެކްޓްރަމްގެ ނީލަމުގައި އަދާނީ ގްރޫޕުން ވަނީ ބައިވެރިވެފައެވެ.

އިންޑިއާގައި މިހާރު އެންމެ ކުރީގައި މުވާސަލާތީ ޚިދުމަތް ދެނީ އެއަރޓެލްއާއި ޖިއޯއިންނެވެ. ލަފާ ކުރެވޭ ގޮތުގައި އަދާނީއަކީ އެދެ ކުންފުންޏާ ވާދަކުރާނެ ކުންފުންޏެކެވެ.

މީގެ ކުރިން އަދާނީން ބުނެފައި ވަނީ ރީޓެއިލް ޓެލެކޮމްގެ ހިދުމަތް ދިނުމަށް ގަސްތު ނުކުރާ ކަމަށެވެ. އަދި އެކުންފުނިން 5ޖީ ސްޕެކްޓްރަމް ގަންނަނީ އަމިއްލަ 5ޖީ ނެޓްވޯކް ގާއިމް ކުރުމަށް ކަމަށް ބުނެފައިވެއެވެ.