މިދުވަސްވަރަކީ މޫސުން ގޯސްވެ ގަދަވައި ޖެހެމުންދާ ދުވަސްވަރަކަށްވާތީ މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މޫސުން ގޯސްވެފައިވާ މިދުވަސްވަރުގައި ސިނަމާލެ ބްރިޖާއި ލިންކް ރޯޑް ބޭނުންކުރައްވާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށެވެ. އެގޮތުން ބުރުގާ އަޅާ މީހުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުމަށް އެދިފައިވެއެވެ.

އޭގެ އިތުރުން ވިއްސާރަ ކޯޓު ބޭނުންކުރާ މީހުން ވަޔާއެކު ކޯޓު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނުމަތީގައި ނޭޅޭފަދަ ފެންވަރުގެ ކޯޓެއް ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. ވައިގަދަވާ ވަގުތު އުޅަނދުފަހަރުގެ ސްޕީޑު ކޮންޓްރޯލް ކުރެވޭ މިންވަރެއްގައި ހިފެހެއްޓުމަށް ވެސް ފުލުހުން އެދިވަޑައިގެންފައިވެއެވެ.