މިއަދު ބަނގުރާ ކައްކަމުން ދިޔަ ގެއިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު އެގެ ބެލީ ދުންއަރާތީއެވެ. ހެންވޭރުގައި ހުންނަ އެގެންއިން މިއަދު ހައްޔަރު ކޮށްފައިވަނީ އުމުރުން 34 ގެ އަަހަރުގެ ފިރިހެެނެކެވެ. އެހެންނަމަވެސް އެމީހާއަކީ ކޮންގައުމެއްގެ މީހެއް ކަމަށް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެމީހާ ހައްޔާރު ކުރުމަށްފަހު މައްސަަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:12 ގައި ފުލުހުން ވިދާޅުވިއެވެ. އެމްއެންޑީއެފްއާއި ފުލުހުން އެ ގެއަށްގޮސް ދޮރުގައި ތެޅުމުން ދޮރު ނުހުޅުވައެވެ. އެހެންކަމުން އެގެއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ގެއަށް ވަދެ ބެލިއިރު އެދުމަަކީ ބަނގުރާ ކައްކަމުންދާތީ އަރާ ދުމެއްކަން އެނގުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.