ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ.ގަމާއި ލ.ފޮނަދު އާއި ގުޅިފައިވާ ރަށްތައް އަދި ލ.އިސްދ އާއި ލ.ކަލައިދޫ) ގައި ބޭނުންކުރައްވާ ފަރާތްތަކަށް 15 އޮކްޓޯބަރ 2022 އިން ފެށިގެން ކަރުދާސް ޓިކެޓް ވިއްކާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އެމްޓީސީސީން ވިިދާޅުވެއްޖެއެވެ.

އާރް.ޓީ.އެލް. ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަންގަވައިގެން މިހާރުވެސް ދަތުރުކުރެއްވޭނެއެވެ. އަދި ކަރުދާސް ޓިކެޓް ތަޢާރަފުކުރެވުމާއެކު، ބަހުން ކަރުދާސް ޓިކެޓް ބައްލަވައިގަނެގެން ދަތުރުކުރުމުގެ އިންތިޒާމްވެސް މިވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަސް ތެރެއިންނެވެ.

ޓާރމިނަލްތަކުން ކަރުދާސް ޓިކެޓް ބައްލަވައިގެންނެވޭނެ އިންތިޒާމް ހަމަޖެހިފައެއް ނުހުންނާނެއެވެ. ބައްލަވައިގަންނަވާ ބަސް ޓިކެޓުގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް، ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ. ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ ފައިސާއަށް ޚަރަދުވާ ރުފިޔާ ހަމަވާނެހެން ފައިސާ ގެންނެވެމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައި ނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށެވެ. އަދި ކަރުދާސް ޓިކެޓް އަޅުގަނޑުމެން ތަޢާރަފު މި ކުރަނީ އިސް ރަށްވެހީންގެ ފަސޭހައަކަށެވެ. ކިޔު.އާރް. ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އަޅުގަނޑުމެންގެ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ވާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގ ގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެއްވޭނެއެވެ. ކިޔު.އާރް. ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުއްވުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދައްކަވައިގެން ސްކޭންކޮށްލައްވަން ޖެހޭނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.