ލ. ގަމު މަރުކަޒީ އިންޖީނުގެ މިއަދު ހުޅުވައިފިއެވެ. މި އިންޖީނުގެ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު 4:00 ގައި ލ. ގަމުގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިންޖީނުގެ ސަބަބުން ރައްޔިތުންނަށް ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަވެގެންދާނެ ކަމަށް ފެނައިން ވިދާޅުވިއެވެ. މިއީ ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށް ހިންގަމުން ގެންދާ މަޝްރޫއުގެ ދަށުން ބިނާ ކޮށްފައިވާ އިންޖީނުގެއެކެވެ.