އިމްރާން ޚާންގެ ޕާކިސްތާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ކުރީގެ މިނިސްޓަރަކު ޕާކިސްތާނު ސިފައިންގެ ޗީފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާއަށް ފާޅުގައި ފާޑުވިދާޅުވުމުން ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ޓްވީޓެއް މެދުވެރިކޮށް ބަޖްވާއަށް ފާޑުވިދާޅުވިތާ މަދު ގަޑިއިރުތަކެއް ފަހުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އައުޒަމް ޚާން ސްވާތީ ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ނުރައްކާ މެސެޖެއް ފެތުރުމާ ގުޅިގެން ކަމަށް ފެދަރަލް އިންވެސްޓިގޭޓިވްވ އެޖެންސީން ބުނެފައި ވެއެވެ. ކޯޓުން ވަނީ އޭނާ ދެ ދުވަހަށް ހައްޔަރު ކުރުމަށް ހުއްދަ ދީފައެވެ.
"މިސްޓަރ ބަޖްވާއަށް ހިތްވަރާއި ސާބަސް އަރިސްކުރަން. ތިޔަބޭފުޅުންނަށް އަދި ތިޔަބޭފުޅުންނާއެކު ތިބި މަދު ބަޔަކަށްވެސް. ތިޔަބޭފުޅުންގެ ޕްލޭން ހަގީގަތުގައިވެސް ކާމިޔާބު ކުރަމުންދާއިރު ހުރިހާ ކުށްވެރިންނަށް ޕާކިސްތާނުގައި ދަނީ ގަދަރު ލިބެމުން. ކުށްވެރިން ގަދަކަމުން މިނިވަންވުމާއެކު ކޮރަޕްޝަން މިހާރު ޖާއިޒު ކަމަކަށް ވެއްޖެ. ދެން މި ގައުމުގެ މުސްތަގުބަލު ލަފާކުރާނީ ކިހިނެއްތޯ؟" ޕާކިސްތާންގެ ސެނެޓަރު ސްވާތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.