ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ވޯޓަރ ތީމް ޕާކު ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސް ބިމުން ފެނުނު ހަށިގަނޑަކީ މުހައްމަދު އަޒްހާން ކަމަށް ކަށަވަރު ކުރުމަށްފަހު މިއަދު އޭނާ ޖަނާޒާ ބާއްވައިފިއެވެ. ފެނިފައިވަނީ މުހައްމަދު އަޒުހާން ކަމަށް ކަށަވަރު ކުރީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދައިގެންނެވެ. އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އޭނާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އާސަހަރާ ގައެވެ. ޕޯސްޓްމޯޓަމް ހަދައިގެން އޭނާގެ ހަށިގަނޑު މާލެއަށް ގެނެސްފައިވަނީ އިއްޔެ އެވެ.

އުމުރުން 27، އަހަރުގެ މުހައްމަދު އަޒުހާން ގެއްލިގެން ހޯދަން ފަށާފައިވަނީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމުންނެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން އޭނާގެ ޚަބަރެއް ނުވުމުން ފުލުހަށް ރިޕޯޓުކުރީ ޖެހިގެން އައިދުވަހުގެރޭ 7 އެހައިކަންހާއިރު އެވެ.

އޭނާ ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޮކްޓޯބަރުމަހު ދެވަނަ ދުވަހުއެވެ.