ހެންވޭރު ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒުހާނުގެ މަރުގެ މައްސަަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް ޖުމްހޫރީޕާތީން ގޮވާލައިފިއެވެ.

އެޕާޓީގެ ސެކްރެޓަރީޖެނެރަލް އަލީ އާރިފް މިކަމަށް ގޮވައިލެއްވީ މަރުހޫމުގެ މަރާ ގުޅިގެން އާއިލާއަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމާއި ޕާޓީގެ ނަމުގައި ތައުޒިޔާ ކިޔަމުންނެވެ. އަލީ އާރިފް ވިދާޅުވީ މިފަދަ ކަންކަމުގައި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރާއި އައްސަރިބަސް ދަންނަވާ ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަންކަން އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އޭނާވަނީ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.

އަޒުހާން ސެޕްޓެމްބަރު 18 ވަނަ ދުވަހު ގެއްލުމަށްފަހު 12 ދުވަސްފަހުން ފެނުނީ މަރުވެފައިވާ ހަށިގަނޑެވެ. އެއީ އެއާއިލާގެ އިތުރުން އެންމެހާ ދިވެހީންގެ ހިތަށް ތަދުކުރި ކަމެެއް ކަމެއް އޭނާ ވިދާޅުވިއެވެ.

އަޒުހާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައޮގެން ޕޯސްޓްމޯޓަމް ހަދައި އެއީ އަޒުހާންކަން ކަށަވަރު ކުރުމަށްފަހު މިއަދު ހުކުރުނަމާދަށްފަހު އޭނާހެ ޖަނާޒާވަނީ ބާއްވައިފައެވެ.