ވިހެއުމުގެތެރޭގައި މަރުވާކުދިންނާއި ޅަފަތުގައި ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކުގައި މަރުވާ ކުދިން ވަރަށް ގިނަވެއްޖެއެވެ.

އެގޮތުން ފާއިތުވި ހަފުތާގައި ކުޑަ 3 ކުދިން މަރުވެއްޖެއެވެ. ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ މިދިޔަ ހަފުތާއަކީ ވަރަށް ހިތްދަތި ހާދިސާތަކެއް ހިނގި ހަފުތާއެކެވެ. އެގޮތުން ތުއްތު 3 ކުދިން މަރުވިއިރު އެތަނުން ދެ ކުދިން މަރުވީ ޑެންގޫ ޖެހިގެނެވެ. އަނެއްކުއްޖާ ޓިޔުމަރެއްގެ ސަބަބުންނެވެ.

މީގެ އިތުރަށް އުފަންވުމުގައި ދިމާވި ބޮޑެތި މައްސަލަތަކުގެ ސަބަބުންވެސް ފާއިތުވި ހަފުތާގައި ތުއްތު 2 ކުދިން ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނުކަމަށް ޑރ. އަޙްމަދު ފައިސަލް ޓުވިޓާގައި ހާމަކުރެއްވިއެވެ. ދިޔަ އިރު އެއްކުއްޖަކު މަރުވީ ޓިޔުމަރ ބަލީގައެވެ. އަނެއް ދެކުދިން ޑެންގޫ ޖެހިގެން މަރުވިއެވެ.

ފަހަކަން އައިސް ރާއްޖޭގައި، ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަވެއްޖެއެވެ. ޚާއްޞަކޮށް ކެންސަރ ކިޑްނީ ފެއިލްވުންފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަންޖެހޭ ކުޑަކުދިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެއްޖެކަން ފާހަގަކުރެވެއެވެ.