އިންޑިއާއިން މަހުން މަހަށް މޯބައިލް ފޯނު އެކްސްޕޯޓްކުރާ އަދަދު ވަނީ ސެޕްޓެމްބަރު މަހު ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް ވުރެން މައްޗަށް އަރާފައެވެ.

އިންޑިއާ ސަރުކާރުން މޮބައިލް ދާއިރާގެ އުފެއްދުމާ ގުޅިގެން ދޭ ހިތްވަރު ދިނުމުގެ ސަބަބުން އެޕަލް އާއި ސެމްސަންގް ފަދަ ދުނިޔޭގެ ބޮޑެތި ފޯނު ކުންފުނިތަކުން ދަނީ އިންޑިއާގައި އުފެއްދުން އިތުރު ކުރަމުންނެވެ.

އޭޕްރީލުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯބައިލް ފޯނު އެކްސްޕޯޓްކުރި މިންވަރު ދެގުނައަށް އިތުރުވެ 4.2 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އިކޮނޮމިކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެއެވެ.

މީގެ ކުރިން އެންމެ ގިނައިން ފޯނު އެކްސްޕޯޓްކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިއަހަރުގެ ޖޫން އިން އޮގަސްޓް މަހުގެ ތެރޭގައި ކޮންމެ މަހަކު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ފޯނު އެކްސްޕޯޓް ކޮށްފައި ވެއެވެ.

ސެޕްޓެމްބަރު 2022 ގައި މޯބައިލް ފޯނު އެކްސްޕޯޓްކުރި ކަމަށް ލަފާކުރެވޭ އަގު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު %200 އަށްވުރެ އިތުރުވެފައިވެއެވެ.

"މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ފޯކަސް ކުރަނީ ޓެރިފް ކުޑަކުރުމާއި، ލޮޖިސްޓިކްސް ރަނގަޅުކުރުމާއި، ލޭބަރ ރިފޯމްތަކާއި އިކޯސިސްޓަމް ފުޅާކުރުމުގެ ތެރެއިން ވާދަވެރިކަން އިތުރު ކުރުމަށް" އިންޑިއާ ސެލިއުލަރ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަން (އައިސީއީއޭ)ގެ ޗެއާމަން ޕަންކަޖް މޮހިންޑްރޫ ވިދާޅުވި އެވެ.

ފޯނު އުފައްދާ އިންޑަސްޓްރީގެ އެގްޒެކެޓިވުން ބުނާ ގޮތުގައި ފޯނު އެކްސްޕޯޓް ކުރިއަރާފައިވަނީ މުހިންމު ގޮތެއްގައި އެޕަލްގެ ކޮންޓްރެކްޓް އުފެއްދުންތެރިން ކަމަށްވާ ފޮކްސްކޮން، ވިސްޓްރޯން އަދި ޕެގަޓްރޯން އާއި ސެމްސަންގް އިން އިންޑިއާ ސަރުކާރުން ދޭ އުފެއްދުންތެރިކަމާ ގުޅުވައިގެން ދޭ ހިތްވަރު ދިނުމުގައި ބައިވެރިވުމުންނެވެ.

2026ގެ ނިޔަލަށް 60 ބިލިއަން ޑޮލަރު ފޯނު އެކްސްޕޯޓް ކޮށްގެން ހޯދުމަށް އިންޑިއާއިން އަމާޒު ހިފާފައިވެއެވެ. އިންޑިއާއިން އެކްސްޕޯޓްކުރާ ސްމާޓްފޯނުގެ ގާތްގަނޑަކަށް 75އާއި 80 އިންސައްތަ ހިއްސާކުރަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންނެވެ.

އައިސީއީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައ2016ން ފެށިގެން މޯބައިލް ފޯނު އެކްސްޕޯޓް ކުރުން އޮތީ 1 ޕަސެންޓްގައެވެ. އަދި 2021ގައި 16 ޕަސެންޓަށް އިތުރުވިއެވެ. 2022ގައި 23 ޕަސެންޓަށް އިތުރު ވާނެއެވެ.