އިއްޔެ އަކީ ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދަށް އުފާވެރި ކަމާއި ހިނިތުންވުން ގެނެސްދިން ދުވަހެކެވެ.

އެކުންފުނިން ބައިނަލްއަގުވާމީ 4 އެވޯޑެއް ހާސިލް ކުރުމުންނެވެ. ސަޢީދަށް އެންމެ ޚާއްސަ އެވޯޑަކަށްވާނީ އޭނާ ހޯއްދެވި ނުވަތަ ލިބިވަޑައިގެންނެވި އެވޯޑެވެ. އޭނާއަށް ލިބިވަޑައިގެންނެވީ އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އިން ހޮވާ އެންމެ ކުޅަދާނަ ނުވަތަ މޮޅު ސީއީއޯގެ އެވޯޑެވެ. މިއީ ފެނަކައާ ހަވާލުވެ ވަޑައިގެން ސަޢީދު ކުރެއްވި ބުރަ މަސައްކަތުން ކުރު މުއްދަތެއްގައި ހާސިލް ކުރެއްވި އެވޯޑެކެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުގައި ކުންފުނި ވަނީ މީގެ ކުރިން އޮތް ޙާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެކުންފުންޏަށް ފައިދާވެފައިވަނީ އޭނާގެ މާލިމީކަމުގައެވެ. އޭނާ ވަނީ ކުންފުންޏަށް ފަންސަތިރީސް މިލިއަން ރުފިޔާގެ ފައިދާއެއް ހޯއްދަވާ ދެއްވައިފައެވެ.

އެ ކުންފުންޏާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސަޢީދު އެންމެ އިސްކަމެއް ދެއްވީ ކޮރަޕްޝަނުން ތަން ސަލާމަތް ކުރައްވާށެވެ. އެއާއެކު ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ މަސައްކަތްތަކަށް ހެދުމެވެ. އަދި އެތަނުން ދެއްވާ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރެވިއެވެ. އޭނާއަށް ބެސްޓް ސީއީއޯގެ މަގާމް ލިބިވަޑައިގެންނެވީ މި ސަބަބުތަކަށްޓަކައެވެ. ސަޢީދު މި މި އެވޯޑު ހާސިލް ކުރެއްވީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުގެ ސީއީއޯއިންނާ ވާދަކޮށްގެންނެވެ.

މި އިނާމުގެ އިތުރަށް ތިން އިނާމެއް ފެނަކައިން ވަނީ ހޯދައިފައެވެ. އެއް އިނާމަކީ ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔަރ (ރާއްޖެއިން) އެވެ. މި އިނާމު ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށެވެ.މި ގިންތިން އިނާމު ހާސިލުކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.

ތިންވަނަ އިނާމަކީ ޕަވަރ ޔުޓިލިޓީ އޮފް ދަ އިޔަރ (ރާއްޖެއިން) ގެ އިނާމެވެ. މިއީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އިނާމެކެވެ. މީގެ އިތުރުން ފެނަކަވަނީ އިތުރު ތިން އެވޯޑެއް ވެސް ހޯދައިފައެވެ. އެއީ ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން) ނާއި ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން) ނާއި ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން) ނެވެ. ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ ލިބިފައިވަނީ މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ. ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށެވެ. ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ އެވޯޑަކީ

ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ދޭ އެވޯޑެކެވެ. ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ އެވޯޑު ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމް ކުރުމަށް ރާވައި ފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށެވެ.

މީގެ ކުރިން ވެސް ފެނަކަ އެމްޑީ ސަޢީދު ވަނީ އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ "އިންޑަސްޓްރީ ލީޑަރ 2019" ގެ މަގާމު ވެސް ހޯއްދަވައިފައެވެ. އެއީ ކުންފުނީގެ ޕާފޯމަންސަށާއި ތަސައްވުރަށާއި ލީޑަރޝިޕަށް ބެލުމަށްފަހު ދިން މަގާމެއް ނުވަތަ އެވޯޑެކެވެ. ސައީދުގެ ލީޑަރޝިޕް ފެނަކަ ވަނީ އައިސްއެސްއޯ ފެންވަރުގެ ކުންފުންޏެއްގެ ދަރަޖަ ވެސް ހޯދައިފައެވެ.