އެސްޓީއޯއިން ހެއްޔާ މަކިޓާ މުބާރާތް 2022 ފަށައިފިއެވެ.

ތަޢާރަފް

މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެކެވެ. މި މުބާރާތުގެ ނަމަކީ "ހެއްޔާ މަކިޓާ މުބާރާތް 2022" އެވެ. މި މުބާރާތަކީ ހެއްޔާ މަކިޓާ ޕުރޮމޯޝަން އާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވައި ލެވިފައިވަނީ މުޅި ރާއްޖެއަށެވެ. މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެއެވެ.

މަގުސަދު

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި އަދި ވާދަ ވެރި މާހައުލެއްގައި މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުންދާކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދާނެއެވެ. އެސްޓީއޯ ގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުމެވެ. އަދި ހަމަ އެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމެވެ.

ގަވައިދު

1. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

2. މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ.

3. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެއެވެ.

4. މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެއެވެ.

5. މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެއެވެ. (މި ވީޑިއޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެއެވެ)

6. މި މުބާރާތުގެ ބައިވެރިން ހުށައަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗް ޑީ) އަށް ވުރެ ދައްވެގެންނުވާނެއެވެ.

7. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަންޖެހެނޭއެވެ.

ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އިން ލިބޭނެއެވެ. މީގެ އިތުރުން އެސްޓީއޯ ވެބްސައިޓު sto.mv އިން ވެސް ޑައުންލޯޑްކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ގޮތްތައް:

ވައިބާ: 7980240

އީމެއިލް: [email protected]

އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރަށް.

8. މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެއެވެ. (25 އޮކްޓޫބަރ 2022 އިން 25 ނޮވެމްބަރ 2022 އަށް).

9. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު ހަވީރު 4 ޖަހެމުގެ ކުރިންނެވެ.

10. ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯ ގެ ފޭސްބުކް އަށް އަޕްލޯޑް ކުރާނީ އެސްޓީއޯއިންނެވެ.

11. ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމެކެވެ.

12. މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ

ޖަޖުންގެ %70

އާމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު)

ހުށައަޅާ ވީޑިއޯ %10

13. މަކިޓާ ބްރޭންޑް އިސްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެސްޓީއޯ އިން ބޭނުންކުރެވޭނެއެވެ.

14. މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެއެވެ. އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެއެވެ. އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެހުށައެޅި ފަރާތުންނެވެ.

އިނާމު

އެއްވަނަ އިނާމް: 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ

ދެވަނަ އިނާމް: 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ

ތިންވަނަ އިނާމް: 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ

މި މުބާރާތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ފލކ އެއްވެސް މުވައްޒަފަކަށް ބައިވެރި އެއް ނުވެވޭނެ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.