މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން އިއްޔެ ދީފި ކަމަށް ފޯރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މި ޔަގީންކަން ދެއްވީ އެެފަންޑުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީގައި ބޭއްވި ބައްދަލުވުމުަގައި ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

މިކަމާ ބެހޭ ގޮތުން ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި އޭޑީއެފްޑީ އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ބިނާކުރުވަނީ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. މާފަރުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނޭކަމަށް ވިދާޅުވިޔަސް ފަށާނޭ ދުވަހެއް ޑިރެކްޓަރ ޖެެނެރަލް ވިދާޅެއް ނުވެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އެންމެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭނެއެވެ.