ނޮވެންބަރު އަދި ޑިސެންބަރުގައި ސިންގަރޕޫރު އެއާލައިސްގެ ބޮޑު ފްލައިޓެއްކަމަށްވާ އެއާބަސް އޭ 350 ގެ ދަތުރުރުތައް ރާއްޖެއަށް ކުރާގޮތަށް ހަމަޖެހިއްޖެކަމަށް އެއާލައިނުން ހާމަކޮށްފިއެވެ.

މިމަހުގެ 30 އިން ފެށިގެން މިއަހަރުގެ ޑިސެންބަރުގެ ނިޔަލަށް ރާއްޖެއަށް މި ފްލައިޓްގެ ދަތުރުތައް ކުރާނެކަމަށް ސިންގަޕޫރު އެއާލައިންސް އިން ބުންޏެވެ. މި އެއާބަސްގެ ދަތުރުތައް ފެށުމުން ބިޒްނަސް ކުލާހުގެ ޖާގަތައް ވަރަށް ބޮޑުތަން އިތުރުވާނެއެވެ. މިހާރު ހަފުތާއަކު 4312 ސީޓް ބަދަލުގައި 5206 ސީޓް އިތުރިވެގެންދާނެކަމަށްވެސް ސިންގަޕޫރު އެއާލައިންސް އިން ބުންޏެވެ.

ރާއްޖެއަށް މިހާރު ސިންގަޕޫރު އެއާލައިންސް އިން ހަފުތާއަކު 14 ފްލައިޓް ދަތުރުކުރެއެވެ. ނޮވެންބަރު ޑިސެންބަރުގައި ދަތުރުކުރާ އެއާބަސްގެ ދަތުރުތައް އޮންނާނީ ހޮނިހިރު، އާދިއްތަ އަދި ބުރާސްފަތި ދުވަހު އެވެ.

މި ގެނައި ބަދަލުގެ ސަބަބުން އިރުމަތީ އޭޝިޔާއިން ރާއްޖެއަށް ދަތުރުކުރާ ފަތުވެރިންގއ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.