އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ ގަރާރެއްގައި ބުނެފައި ވަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްގައި ޕާކިސްތާނުގެ ސިފައިން ހިންގި ހަނގުރާމައަކީ ނަސްލީ ދެކޮޅުވެރިކަމުގެ ހަނގުރާމައެއް ކަމަށާއި އެއީ ބަންގްލަދޭޝްގެ މީހުންނާއި ހިންދޫންނާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގި ހަނގުރާމައެއް ކަމަށެވެ.

ބަންގްލަދޭޝްގައި ޕާކިސްތާނުގެ ސިފައިން 1971 ވަނަ އަހަރު އަދާކުރި ދައުރަށް ޕާކިސްތާން ސަރުކާރަށް މައާފަށް އެދުމަށްވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް މި ގަރާރު ހުށަހެޅި ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ ސެވޭ ޗަބޮޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ގަތުލުއާންމުގައި މަރާލާފައިވާ އެތައް މިލިއަން ބައެއްގެ ހަނދާން ފޮހެވިގެން ނުދާނެ ކަމަށާއި އަދި އެކަން ތަހައްމަލު ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އޭނާ އެ ގަރާރު ހުށަހަޅާފައި ވަނީ އޭނާގެ އިންތިޚާބީ އޮހައިއޯގެ ފުރަތަމަ ޑިސްޓްރިކްޓް ދާއިރާގައި ތިބި ހިންދޫ ދީނުގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ. އޭނާއާއެކު އެ ގަރާރުގައި ދެން ބައިވެރިވަނީ ކޮންގްރެސްއަށް ހޮވިފައިވާ އިންޑިއާގެ ދަރިކޮޅުގެ ރޯ ކަންނާ އެވެ. އޭނާއަކީ ކެލިފޯނިއާގެ 17 ވަނަ ކޮންގްރެސް ޑިސްޓްރިކްޓްގެ މަންދޫބެވެ.

ޗަބޮޓް އާއި އެކު ކަންނާ ތައާރަފް ކުރެއްވި ފުރަތަމަ ގަރާރު 1971 ވަނަ އަހަރު ބަންގާޅީގެ އެތައް މިލިއަން ބަންގާޅީންނާއި ހިންދޫން މަރާލި ނުވަތަ ގެދޮރު ދޫކޮށް ދިޔަ ބަންގާޅީގެ ނަސްލު ނައްތާލުމުގެ ހަނދާނުގައި ކަމަށް ކެލިފޯނިއާގެ 17 ވަނަ ކޮންގްރެސް ޑިސްޓްރިކްޓްގެ އެމެރިކާގެ މަންދޫބު ރޯ ޚާނާ ޓްވީޓް ކުރެއްވި އެވެ. "ނަސްލު ނައްތާލުމެއް ހިނގި.

ރޯ ކަންނާ ކުރި ޓުޢީޠޓެއްގައި ބުނެފައި ވަނީ މިހާރު ބަންގްލަދޭޝްގައި، އަދި އޭރު އިރުމަތީ ޕާކިސްތާނުގައި ވެސް އެތައް މިލިއަން ބަޔަކު 1971 ވަނަ އަހަރު މަރުވި ކަމަށެވެ. އަދި އެ ހަނގުރާމައިގައި މަރާލި އެތައް މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓަކީ ހިންދޫން ކަމުގައެވެ.

އޭނާއާއި ޓަބޮޓް ސިފަ ކުރިގޮތުގައި އެއީ ހޮލޮކޯސްޓް ފަދައިން ނަސްލު ނައްތާލުމުގެ އަމަލެކެވެ.