ގއ. ގެމަނަފުށީ ކައުންސިލް މެމްބަރުން ފެނަކަކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދާ ބައްދަލު ކުރައްވައިިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމަކީ ގެމަނަފުށީގައި ފެނަކައިން ދޭ ޚދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ޚިދުމަތް ތަރައްގީކުރުމާއި ދިމާވާ މައްސަލަތަކާއި އެކަންްކަން ހައްލު ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ރާއްޖޭގައި ޔުޓިލިޓީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންގެންދާ ފެނަކައިން އެތައް ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، ފެނުގެ ޚިދުމމަތާއި، ނަރުދަމާގެ ޚިދުމަތް ދެމުން ގެންދެއެވެ އެންމެފަހުން އެކުންފުނީން ވަނީ ކުރިން މިފްކޯއިން ހިންގި އައިސްޕްލާންޓުތަކާ ހަވާލުވެ އެ ޕްލާންޓުތައް ވެސް ހިންގަން ފަށައިފައެވެ.