ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށް ކަމަށްބުނެ މީހުންނަށް ފޮނުވަމުންދަނީ ސްކޭމް މެސެޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ފުލެޓުތަކަށް އެދި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް ބޭނުންނަމަ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަމްބަރ، އުމުރު އަދި ގުޅޭނެ ފޯނު ނަމްބަރ ޖެހުމަށްފަހު މެސެޖުކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތަށް މެސެޖުކޮށް ރަޖިސްޓަރކުރުމަށްފަހު ލިބިފައިވާ ތަރުތީބު ނަމްބަރ 969 ގެ ނަމްބަރަކުން މެސެޖު ކުރާނެ ކަމަށްބުނެ، ފޮނުވާ މެސެޖަކީ މަކަރާއި ހީލަތުގެ މެސެޖުތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެން ކަމުން އެކަމަށްއާންމު ރައްޔިތުން ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.