މިރޭ ކ. ހިންމަފުށީގައި ހުންނަ އަސްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ދެ ގައިދީން ފިލަން އުޅެނިކޮށް ހިފަހައްޓާފައިވާކަމަށް މާލްޑިވްސް ކަރެކްޝަން ސާވިސަސްގެ ކޮމިޝަނަރ އަހުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މިހާދިސާ ހިނގައިދިޔަގޮތް ބަލަމުންދާކަމަށް ކޮމިޝަނަރ ހާމަކުރެއްވިއެވެ. އަދި މިކަން އިތުރަށް ތަކުރާރު ނުވާނޭގޮތަށް އަޅަންޖެހޭ ފިޔަވަޅު އެޅިގެންދާނެކަމަށްވެސް ހާމަކުރެއްވި އެވެ.