ޖަމްބޯ ފޯވާޑިން ކުންފުނިން ޗައިނާގައި އޮފީހެއް ހުޅުވައި އެގައުމުން ރާއްޖެއަށް މުދާ ފޮނުވައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

އެކުންފުނީން ބުނީ ޗައިނާއިން ރާއްޖެއަށް މުދާ ގެންދަން ބޭނުންވާ ދިވެހިންނަށް ޚާއްސަ ހެޔޮ އަގުތަކެއް ވެސް ވަނީ ކަނޑައަޅާފައި ކަމަށެވެ.

ޖަމްބޯ ފޯވާޑިންއިން 40 ފޫޓުގެ އެޗްކިޔު ކޮންޓޭނަރެއް ރާއްޖެއަށް ފޮނުވައިދެނީ 5650 އެމެރިކާ ޑޮލަރަށެވެ. ވިހި ފޫޓުގެ އެފްސީއެލް ކޮންޓޭނަރެއް ރާއްޖެއަށް ފޮނުވައިދެނީ 2950 އެމެރިކާ ޑޮލަރަށް ކަމަށް ވެސް އެކުންފުނީން ބުންޏެވެ.