ގަލޮޅު ޕޮލިސްޓޭޝަނުގެ ހަވާލުގައި ހުރި ރުފިޔާތަކެއްގެ ވެރިފަރާތް ހޯދަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއީ އޮކުޓޫބަރު 14 ވަނަ ދުވަހުގެރޭ 12:4 އެހާކަންހާއިރު ބޮޑުތަކުރުފާނުމަގު، 1 ނަންބަރު ފާލަން ހިމެނޭ ސަރަޙައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާއި ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީ އުރައެއްގައި ހުރި 10000 އަށްވުރެ ގިނަ ރުފިޔާއެވެ.

އެ ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެތަކެތީގެ ވެރިފަރާތް ހޯދިފާނުވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެހެންކަމުން އެ ފައިސާތަކުގެ ވެރިފަރާތުނ، ގަލޮޅު ޕޮލިސްޓޭޝަނަށް ހާޒިރުވެ، ފައިސާތަކާއި ހަވާލުވުމަށް ފުލުހުން އެދެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންނަމަ، 9631696 ގުޅުމަށްވެސް ފުލުހުން އެދެއެވެ.