އއ. އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެމަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 450 ދުވަހެވެ. މަަސައްކަތުގެ އަގަކީ 59،480،506.10 ރުފިޔާ އެވެ.

  • 2.68 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން

  • މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުން

  • މަގުތަކުގައި ބައްތި ޖެހުން

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓަރީގެ ފަރާތަުން ސޮއިކުރެއްވީ ޑިރެކްޓަރޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމެވެ.