ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ އަދި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރަށް މާފަ ކިޔައިފިއެވެ.
އޭނާގެ ފުރަތަމަ މާފަ ދަރިފުޅު ވިހާފައިވަނީ ރޭ 11:00 ގައި އައިޖީއެމްއެޗުގައެވެ. އުމަރުގެ ތިބެނީ 3 އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ފުރަތަމަ މާފަދަރިފުޅު އުރާލައިގެންހުރި ފޮޓޯއެއް އުމަރުވަނީ ސޯޝަލް މީޑިއާއަށް ލައިފައެވެ. ފުރަތަމަ މާފަ ދަރިފުޅު ލިބުމުން އުމަރު ހުރީ ވަރަށް އުފަލުން ކަމަށް ބުންޏެވެ. އުމަރަށް މާފަކިޔާފައިވަނީ ފިިރިހެން ކުއްޖެކެވެ.
އުމަރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދުނު ސިޔާސީންގެ ތެރެއިން ހިތްވަރުގަދަ ޖެހިލުންކުޑަ ސީޔާސީއެކެވެ.