އާސަންދައިގެ ނަމުގައި އޮޅުވާލައިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރިވިފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
މިއަދު އާސަންދަ އޮފީހުން ބުނީ އާސަންދައިގެ ނަމުގައި މެސެޖްކޮށް ޕޭޖްތަކާއި ލިންކްތައް މެދުވެރިކޮށް އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އޮޅުވާލައިގެން މެސެޖްކުރާމީހުނާމެދު ސަމާލުވެ، ޒާތީ އެއްވެސް މަޢުލޫމާތެއް ނުވަތަ ޕާސްވޯޑެއް ހާމަ ނުކުރުމަށް އާސަންދައިން އިލްތިމާސް ކުރެއެވެ.
އަދި ޝައްކުވާ ފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ، ފުރަތަމަ އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްވެސް އެދެ އެވެ.