އޭނާގެ ވާއުދެއް ނުގުޑާނެ ކަމަށާއި ހުރިހާ ރައްޔިތުން އޭނާގެ ފަހަތަށް އެރުމަށް 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަ ކުރައްވާފައިވާ ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 24 ކިލޯގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު ދޫކޮށްލުމުން ކުރެއްވި ފޭސްބުކު ޕޯސްޓެއްގައެވެ. ޢުމަރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެމީހާ ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށެވެ.

ޢުމަރު ވިދާޅުވީ މަސްތިވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސިޔާސީ ޕާޓީތައް ދޫކޮށްލައްވާފައި، އޭނާއާއެކު އައުމަށެވެ.

"އިޚުލާސްތެރިކަމާއި، ހަރުދަނާ ކަމާއި، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ އެއްޗެހީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދޭނަން. މިއީ ނުގުޑާނެ ވަޢުދު،" ޢުމަރު ވިދާޅުވިއެވެ.