"ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށްފުރުސަތު ހުޅުވާލައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބާއްވާ މައުރަޒެކެވެ. މައުރަޒުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމެވެ.
"ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހު ންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.
މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ނޮވެންބަރު މަހުގެ 02 ވަނަ ހަފުތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީ ން ގުޅާ މިކަމާ ގުޅުންހުރި މަޢުލޫމާތު ހިއްސާކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
މި މައުރަޒަށް ކުރިމަތިލާނީ "ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ ފޯމުންނެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމްފޮނުވުމަށް ހަމަޖެހިފައިވަނީ mv.gov.gender@disability މެއިލަށެވެ."ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑްސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް )7ވަނަ ފަންގިފިލާ( ގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް mv.gov.gender.wwwއަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނޭ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި މައުރަޒަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.