އިންޑިއާއިން އުފައްދާފައިވާ އަގްނީ ޕްރައިމް ނިއު ޖެނެރޭޝަން ބެލިސްޓިކް މިސައިލް ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފިއެވެ. ޑިފެންސް މަސްއޫލުވެރިން ވިދާޅުވިގޮތުގައި ޓެސްޓް ފްލައިޓްގެ ތެރޭގައި މިސައިލް އޭގެ ދިގު ރާސްތާއަށް ދަތުރުކޮށް އޭގެ ޓެސްޓްގެ ހުރިހާ މަގުސަދުތަކެއް ވެސް ކާމިޔާބުކަމާއެކު ހާސިލް ކުރިއެވެ.

މިއީ އިންޑިއާގެ އަމިއްލަ މިސައިލް އަގްނީ ޕްރައިމް މިސައިލް ޓެސްޓް ކުރި ތިންވަނަ ފަހަރެވެ.

މި މިސައިލްގެ ކާމިޔާބުކަން ކަށަވަރު ކުރުމަށްޓަކައި ޓާމިނަލް ޕޮއިންޓެއްގައި އެކި ތަންތަނުގައި ޑިޕްލޮއިކޮށްފައިވާ ރޭޑާ، ޓެލެމެޓްރީ އަދި އިލެކްޓްރޯ އޮޕްޓިކަލް ޓްރެކިން ފަދަ ގިނަ އަދަދެއްގެ ރޭންޖް އިންސްޓްރޫމެންޓޭޝަންތަކުން ލިބުނު ޑޭޓާ ބޭނުންކޮށްގެން ސިސްޓަމްގެ ޕާފޯމަންސްގެ ސައްހަ ކަން ކަށަވަރުކޮށްފައި ވެއެވެ.