ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ރިސާޗް ހަދާ މީހުންގެ ތެރޭން ދުނިޔޭގެ އެންމެ އަރާހުރި ނަމަކީ، ޕާކިސްތާންގެ ޑރ. މުބާޝިރު ޙުސައިން ރަޙްމާނީއެވެ. ޑރ. މުބާޝިރުގެ ދިރާސާތައް ބިނާވެފައި އޮންނަނީ، ވަޔަރލެސް ނެޓްވަރކާއި ބްލޮކްޗެއިންއާއި ސޮފްޓްވެއަރ ބޭނުންކޮށްގެން ހިންގާ ނެޓްވަރކްތަކާއި ރޭޑިއޯ ނެޓްވަރކްތަކުގެ މައްޗަށެވެ.

އޭނާގެ ދިރާސާތައް ދުނިޔޭގެ އެންމެ ގިނައިން ހަވާލާ ދެވޭ ރިސާޗްތަކުގެ ތެރޭގައި ހިމެނެއެވެ. ރޮއެޓަރޒް އިން ހިންގާ، ތަހްލީލީ ދިރާސާތަކާ ބެހޭ ކްލެރިވޭޓް މަޖައްލާއިން، އޭނާ ލިޔެފައިވާ 100 ލިޔުމެއްގެ ތެރޭން 12 ލިޔުމެއް ޝާއިއުކޮށްފައި ވެއެވެ.

ޑރ. މުބާޝިރުއަކީ، ޕާކިސްތާންގެ ސިންދްގެ މެހެރާން ޔުނިވަރސިޓީ އޮފް އިންޖިއަރިންގ އެންޑް ޓެކްނޮލޮޖީގެ ކޮމްޕިއުޓަރ ސައިންސް ސިސްޓަމްސްގެ ގްރެޖުއޭޓެކެވެ.

ކްލެރިވޭޓް އެނެލީޓިކްސްއިން މިއަހަރު ޝާއިއުކުރި އެންމެ ގިނައިން ހަވާލާ ދެވޭ ރިސާރޗަރުންގެ ތެރޭގައި ޑރ. މުބާޝިރު ހިމަނާފައި ވެއެވެ. އޭނާއާއެކު ނޯބެލްގެ އިނާމު ހޯދާފައިވާ 26 ނަމެއްވެސް ހިމެނެއެވެ.

ޑރ. މުބާޝިރުއަކީ އަޔަރލެންޑްގެ ކޯރކް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގެ ކޮމްޕިއުޓަރ ސައިންސް ޑިޕާޓްމަންޓްގެ ޕްރޮފެސަރެކެވެ. ކުރިން އިސްލާމްއާބާދު ޔުނިވަރސިޓީގައިވެސް އޭނާ ކިޔަވައި ދެއްވިއެވެ.