ބޭރު ގައުމުތަކާއެކު އިންޑިއާ ރުޕީސްއިން މުއާމަލާތު ކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އިސްނަގައިގެން ކުރި މަސައްކަތުގައި ކާމިޔާބީއެއް ލިބިފައިވާ ކަމަށް އެބެންކުން ބުނެފިއެވެ. އާރްބީއައިން ބުނިގޮތުގައި ރުޕީސްއަށް ބިނާކޮށް ވިޔަފާރި ކުރުމުގައި ބައިވެރިވުމަށް ގައުމުތަކުން ހިތްވަރު ލިބޭ ޖަވާބެއް ލިބިގެން ގޮސްފައި ވެއެވެ.

އާރްބީއައިން މަސައްކަތް ކުރަމުން ދަނީ ރުޕީސްއަކީ ބައިނަލްއަގްވާމީ މުއާމަލާތު ތަކުގައި ބޭނުން ކުރާ އެއްޗަކަށް ހަދާށެވެ. މަރުކަޒީ ބޭންކުގެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް އެބެންކުން ބުނެފައި މިވަނީ ދުނިޔޭގެ ރިޒާވް ފައިސާ ކަމަށްވާ އެމެރިކާ ޑޮލަރާ ދިމާލަށް އިންވެސްޓް ކުރުމުގެ ބާރު ދުވެލީގެ ސަބަބުން ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. 2022 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުޕީސްގެ އަގު ވަނީ 10 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.