ޖެނެރިކް ބޭހާއި ވެކްސިންގެ ދާއިރާގައި ލީޑަރެއްގެ ގޮތުގައި ދެމިއޮތުމަށް އިންޑިއާއަށް ވަރުގަދަ ރެގިއުލޭޓަރީ ނިޒާމެއް ގާއިމްކޮށްގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ބުނެފިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ޑރ ސޫމްޔާ ސްވަމިނަތަން މިފަދައިން ވިދާޅުވީ އިންޑިއާއިން އުފައްދާފައިވާ ކެއްސުމަށްދޭ ބޭހެއް ބުއިމުގެ ސަބަބުން އެފްރިކާގައި ހާދިސާއެއް ދިމާވި މައްސަލައަށް އަލިއަޅުވާ ލައްވަމުންނެވެ.

ޑަބްލިޔުއެޗްއޯ އިން ވަނީ ސޮނެޕެޓްގައި ހުންނަ ކުންފުންޏަކުން އުފެއްދި ތަޣައްޔަރުވެފައިވާ ކޯފް ސިރަޕްގެ މައުލޫމާތު ސާފުކޮށް ދިނުމަށް އެދިފައެވެ.

ޑިވެލޮޕިން ކަންޓްރީސް ވެކްސިން މެނުފެކްޗަރސް ނެޓްވޯކް (ޑީސީވީއެމްއެން) ގެ 23 ވަނަ އަހަރީ އާންމު ޖަމިއްޔާގެ އިވެންޓަކާ ގުޅިގެން ޕޫނޭއަށް ވަޑައިގެންނެވި ސޯމްޔާ ވިދާޅުވީ ބޭސް ތަޣައްޔަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ.