އީރާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އަސްފަހާނުގައި އިޒްރޭލުން ދޭން އުޅުނު ޓެރަރިސްޓް ހަމަލައެއް އީރާނުން ނާކާމިޔާބު ކުރުމާ ގުޅިގެން އިޒްރޭލުގެ މޮސާދުގެ ހަ އެޖެންޓަކު އިޒްރޭލުން ނައްތާލައިފިއެވެ.

އީރާނުން ވަނީ ދުރާލައި މައުލޫމާތު ހޯދައިގެން އިސްފަހާންގެ ސިނާއީ މަރުކަޒެއްގައި ދޭން އުޅުނު ހަމަލާ ނާކާމިޔާބު ކޮށްފައެވެ. އަދި އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ވަނީ އެ ރޭވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށްފަ އެވެ.

އެއަށްފަހު މޮސާދުން ވަނީ އެ އިދާރާގެ އީރާނުގެ ޑެސްކުގައި އިސްކޮށް ހުންނެވި މަސްއޫލު ވެރިޔާ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ. އަދި އީރާނުގެ ޖާސޫސީ ބާރުތަކާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އީރާން ޑެސްކުގައި މަސައްކަތް ކުރާ މަދުވެގެން ހަ އިސް އޮފިސަރަކު ވަނީ އެ އޮޕަރޭޝަން ނާކާމިޔާބު ވުމަށްފަހު މަރާލާފަ އެވެ.

މޮސާދުން މަރާލާފައިވާ ހަ ރޭންކިން އޮފިސަރުންނަކީ ޓޮމަރ އައިކޭސް، އަޔަލޮން ޝަޕީރާ، ޝެރޯން ސްމޯލް، ޝައިލީ ވެސްޓްލެންޑް، އޮފެކް އަހަރޯން، އަދި އިޓަމާ އެލްހާރާ އެވެ. އެ ހަ މީހުން މަރުވިކަން ޒަޔަނިސްޓް ވެރިކަމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހަ އޮފިސަރުންގެ އިތުރުން ކާރު އެކްސިޑެންޓްތަކެއްގައި މޮސާދުގެ ކައުންޓަރ ޖާސޫސީ ޑިޕާޓްމަންޓުން ވެސް ގިނަ އަދަދެއްގެ އެހެން އޮފިސަރުން ވަނީ ނައްތާލާފަ އެވެ.

މޮސާދު ބުނާ ގޮތުގައި 'ޝެރޯން ސްމޯލް'، 42، އާއި 21 އަހަރުގެ 'ޝައިލީ ވެސްޓްލޭންޑް' މަރުވީ ކުއްލި ސްޓްރޯކެއް ޖެހިގެންނެވެ. 'އޮފެކް އަހަރޯން'، 26، އާއި 'އިޓަމާ އެލްހާރާ'، 28، މަރުވެފައި ވަނީ ބަޑީގެ ހަމަލަތަކެއް ބަދަލު ކުރުމުގެ ތެރޭގައެވެ.

މޮސާދުގެ މުހިންމު އޮޕަރޭޝަނެއް ފަޅާއަރުވާލުމަކީ ބޮޑު ބަލިވުމެއް ކަމުގައި އެ އިދާރާއިން ދެކެއެވެ.