ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ޖެނެރަލް ސެކްރެޓަރީ ކަމަށް މިއަދު ބޭއްވި ފުރަތަމަ ޕްލެނަރީ ޖަލްސާގައި ޝީ ޖިންޕިންގް އިންތިހާބުވެވަޑައިގެންފި އެވެ. ޝީގެ ރިޔާސަތު ބަލަހައްޓަވާ މި ޖަލްސާގައި ސީޕީސީގެ 20 ވަނަ މަރުކަޒީ ކޮމިޓީގެ 203 މެންބަރުންނާއި ބަދަލު 168 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ޖަލްސާގައި ސީޕީސީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ މަގާމަށް ވެސް ޝީ ވަނީ ހަމަޖައްސައިފަ އެވެ.

ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓް ބިއުރޯގެ ދާއިމީ ކޮމިޓީއަށް މި ޖަލްސާގައި އިންތިޚާބުވި މެންބަރުންނަކީ ޝީ ޖިންޕިންގް، ލީ ކިއަންގް، ޒާއޯ ލެޖީ، ވަންގް ހޫނިންގް، ކައި ކީ، ޑިންގް ޝުއެކްސިއަންގް އަދި ލީ ޝީ އެވެ. މި ޖަލްސާގައި ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.

މި ޖަލްސާގައި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ މެންބަރުންގެ ނަން އިއްވާފައި ވެއެވެ. ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަންގެ ސެކްރެޓަރީ އާއި ޑެޕިއުޓީ ސެކްރެޓަރީން އަދި ދާއިމީ ކޮމިޓީގެ މެންބަރުންވެސް ވަނީ ފާސްކޮށްފައެވެ.