އުމުރާ ދަތުރެއްގައި ދެން ތިބާ މަދީނާއަށް ވަޑައިގަންނަވާއިރު ބައިސިކަލް ދުއްވުމާ މެދު ވިސްނަވާށެވެ. މަދީނާ ސިޓީން ވަނީ 6000 މީޓަރުގެ ދިގުމިނުގެ ބައިސިކަލް ދުއްވަން ޚާއްސަ ޓްރަކެއް މަގުތަކުގައި ހަދާފައެވެ.

މީހުން ދިރިއުޅޭ އަލްއިސްކާން އަވަށުން ފެށިގެން ޙައްސާން ބިން ސާބިތު (ރަޟިޔަﷲ ޢަންހު)ގެ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް މިހާރު ބައިސިކަލް ދުއްވޭނެއެވެ. މި ޓްރެކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ ޓްރެކެވެ.

މަދީނާގެ ސެކްރެޓޭރިއަޓުން ބުނިގޮތުގައި ބައިސިކަލް މަގަކީ މަދީނާގެ އާބަން ލޭންޑްސްކޭޕް ރަނގަޅު ކުރުމުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ރައްޔިތުންނާއި މަދީނަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށްދޭން އާ ގޮތްތައް ތައާރަފްކުރުމަށް ބޭނުންވާ މާހައުލެއް އުފައްދައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ތަސައްވުރުގައި ގާއިމްކޮށްފައިވާ މަގެކެވެ.