ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިޓަލީވިލާތުގައި އެކުލަވާލި ކަނާތުފިޔައިގެ ސަރުކާރުގެ ބޮޑު ވަޒީރު ކަމުގެ ހުވައި ޖޯޖިއާ މެލޯނީ ކުރައްވައިފިއެވެ. އޭނާއަކީ އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.

އުމުރުން 45 އަހަރުގެ މެލޯނީ އަކީ ގައުމިއްޔަތަށް ގޮވާލާ ބްރަދާސް އޮފް އިޓަލީ ޕާޓީގެ އިސްވެރިޔާއެވެ.

މެލޯނީއަކީ ކަނާތުފިޔައިގެ ހަރުކަށި ފޭސިސްޓް ސިޔާސީ ފިކުރުން އޭނާގެ ސިޔާސީ ހަޔާތް ފެށްޓެވި ކަނބަލެކެވެ.

ކުރީގެ ނޫސްވެރިޔާ މެލޯނީ އަކީ 2006 ވަނަ އަހަރުން ފެށިގެން އިޓަލީ ޕާލަމެންޓްގެ މެމްބަރެކެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް ޕާޓީގެ ރައީސެވެ.

އިޓަލީގެ ޑިކްޓޭޓަރ މުސޮލީނީއަށް ކުރިން ސަޕޯޓްކޮށް ވާހަކަ ދެއްކެވި މެލޯނީގެ ބައްޕައަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލާގައި ސްޕެއިންގެ ކޯޓަކުން 1995 ވަނަ 9 އަހަރަށް ހުކުމް ކޮށްފައިވާ މީހެކެވެ.

މެލޯނީގެ ގުޅިފައިވާ ސަރުކާރުގައި ހިމެނޭ ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ފަސް މިނިސްޓްރީ ދީފައި ވެއެވެ. އަދި ކެބިނެޓްގެ 24 މެމްބަރުންގެ ތެރޭގައި ހަ އަންހެން ވަޒީރުން ހިމަނާފައި ވެއެވެ.