ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތު ނިންމާ އެންމެ އިސް ގުނަން ކަމަށްވާ ޕޮލިޓް ބިއުރޯގައި 25 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެއްވެސް އަންހެނަކު ހިމަނާފައި ނުވަނީ މިފެށުނު ދައުރުގައެވެ. ޝީޖިން ޕިންއަށް ގާނޫނުއަސާސީ ބަދަލުކޮށްގެން ތިންވަނަ ދައުރެއް ހޯދައި ދިނުމަށްފަހު އައު ޕޮލިޓް ބިއުރޯ ވަނީ އިއުލާން ކޮށްފައެވެ.

ނިމިދިޔަ ޕޮލިޓް ބިއުރޯގައި 25 މެމްބަރުންގެ ތެރޭގައި އެއް އަންހެން ބޭފުޅަކު ހިމެނިވަޑައިގަތެވެ. މިހާރު ސަން ޗުންލާން ވަނީ ރިޓަޔާ ކުރައްވާފައެވެ.

ހޮނިހިރު ދުވަހު އެކުލަވާލި 205 މެމްބަރުން ހިމެނޭ ޗައިނާ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގައި ހިމެނެނީ އެންމެ 11 އަންހެނުންނެވެ. އާ މަރުކަޒީ ކޮމިޓީގައި އަންހެނުންގެ ނިސްބަތް ވަނީ ކުރީ ދައުރުގައި 5.4 ޕަސެންޓުން 4.9 ޕަސެންޓަށް ދަށްވެފައެވެ.