ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނަށް ފަސް އަހަރުގެ މުއްދަތަށް އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތަކުން ދެ ހާހެއްހައި މީހުން ހައްޔަރުކޮށްފިއެވެ.

ޕާކިސްތާން ތަހުރީކް އިންސާފް (ޕީޓީއައި) ގެ އިސް ލީޑަރުން ހިމެނޭ ގޮތަށް ދެހާހެއްހައި މީހުންގެ މައްޗަށް މަދުވެގެން ހަތް ތުހުމަގތެއް ފުލުހުން ވަނީ ކޮށްފައެވެ.

ފުލުހުން ޕީޓީއައިހގެ ލީޑަރުންނަށް ތުހުމަތު ކުރަނީ މަގުތައް ބަންދުކޮށް ފުލުހުންނަށް ހަމަލާދީ އާންމުންނާއި ބަންޑާރަ މުދަށް ގެއްލުން ދިން ކަމުގެ ތުހުމަތުތަކެވެ. ފުލުހުން ވަނީ އިމްރާން ޚާނާ ދެކޮޅަށްވެސް ތުހުމަތުތައް ކޮށްފައެވެ. ތަންތާނގައި ހުޅުޖެހުމާއި އުޅަނދުތަކަށް ގެއްލުން ދިނުމުގެ ތުހުމަތާއި ޓެރަރިޒަމްގެ ދައުވާވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕާކިސްތާނު އިލެކްޝަން ކޮމިޝަނުން އިމްރާން ފަސް އަހަރަށް ސިޔާސީ މަސައްކަތުން އެކަހެރި ކުރީ އޭނާ އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ބެލުމަށްފަހުއެވެ. އިމްރާން ޚާން ވަނީ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ވިދާޅުވެފައެވެ.