ކުވައިތުގެ އަލްމުތުލާގެ ނަރުދަމާ ސްޓޭޝަނަށް ސްވެރޭޖު ޕްލާންޓެއް ގާއިމުކުރުމަށް ހުޅުވާލި ބީލަމުގައި ބައިވެރިވި ޗައިނާ ކުންފުންޏެއް ބްލެކްލިސްޓް ކޮށް އެކުންފުނީގެ މައްސަލ ކުވެއިތު ސަރުކާރުން ތަހުގީގު ކުރަން ފަށައިފިއެވެ. ބެއިޖިންގ އެންޓަރޕްރައިސް ވޯޓާ ގްރޫޕު (ބީއީޑަބްލިއުޖީ)ން ހުށަހެޅި ބީލަންވެސް ކުވެއިތުން ވަނީ ބާޠިލުކޮށްފައެވެ.

ކުވައިތުގެ ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ ބީއީޑަބްލިއުޖީގެ ބިޑް ޑިސްކޮލިފައި ކުރުމުގެ ސަބަބަކީ ކުރިން އަލްހައިމަން ޕްރޮޖެކްޓް ކާމިޔާބު ކުރުމަށް އެކުންފުނިން އޮފިޝަލުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވެފައިވާތީ އެވެ.

ބީއީޑަބްލިއުޖީގެ މި މައްސަލަ ބޭޒާރު ވުމާ ގުޅިގެން ކުވައިތުގެ ވަލީއަހުދު ޝައިޚް އަލްއަހުމަދު ވަނީ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު އިދާރާތަކަށް އަންގަވާފައެވެ.