އިންޑިއާގެ އެތެރޭގެ އުދުހުންތައް މަގްބޫކުރުމުގެ ގޮތުން ހިންގާފައިވާ އުޅާން ޕްރޮގްރާމު ކާމިޔާބު ވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. 2016 ވަނަ އަހަރު ފެށި އުޅާން ޕްރޮގްރާމަކީ ދެ ވަނަ ދަރަޖައާއި ތިން ވަނަ ދަރަޖައިގައި ގިންތިކޮށްފައިވާ ސިޓީތަކަށް ޒަމާނީ ވައިގެ ދަތުރުފަތުރުތައް ތައާރަފް ކޮށް މީހުންގެ މެދުގައި ވައިގެ ދަތުރުފަތުރު މަގްބޫލު ވަސީލަތަކަށް ހަދާށެވެ. އެގޮތުން އައު އެއަރޕޯޓްތައް ބިނާ ކުރުމާއި ކުރިން ބިނާ ކޮށްފައި ހުރި އެއާޕޯޓްތައް ތަރައްގީ ކުރުންވެސް އޭގެ ތެރޭގައި ހިމެނުނެވެ. އުޅާންގެ ދަށުން އެއަރޕޯޓްތައް ހިންގުމުގެ އިތުރުން އަށް ހެލިޕޯޓާއި ދެ ވޯޓާ އެރޯޑްރޯމް ވެސް ހިމަނާފައި ވެއެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން ވަނީ އުޅާން ޕްރޮގްރާމުގެ ދަށުން 70 ރީޖަނަލް އެއާޕޯޓަކުން 203،679 ފްލައިޓެއް 439 މަގަކުން އޮޕަރޭޓްކޮށްފަ އެވެ. އަދި އެ ޕްރޮގްރާމަށް ހަ އަހަރުވީއިރު އިންޑިއާގެ އެތެރޭގައި 10.6 މިލިއަން މީހުން ވައިގެ ދަތުރުތައް ކޮށްފައި ވެއެވެ.