ރައްޔިތުންގެ ދިރިއުޅުމާ ސަރުކާރުގެ ބެހުން ކުޑަ ކުރުމަށް އިންޑިއާއިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ބޯދާ ދޮޅު ހާސް ގާނޫނެއް އުވާލަން އިންޑއާ ސަރުކާރުން ނިންމައިފިއެވެ. ޒަމާނާ ނުގުޅޭ މި ދޮޅު ހާސް ގާނޫނަކީ އާންމު ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ގާނޫނުތަކެއް ކަމަށާއި މިއީ، މިހާރުގެ ހާލަތާ ގުޅުމެއް ނެތް ގާނޫނުތަކެއް ކަމަށް އިންޑިއާގެ ލޯ މިނިސްޓަރ ކިރަން ރިޖޫ ވިދާޅުވެއެވެ.

"ރައްޔިތުންގެ ޝަކުވާތައް ކުޑަކުރުމާއި، ވީހާވެސް އަމާންކަމާއެކު އުޅެވޭނެ ގޮތް ހެދުމަކީ ބޮޑުވަޒީރުގެ އެދުމެއް. ބޭނުން ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުމުގައި ސަރުކާރުގެ ދައުރު ކުޑަކުރުން،" ރިޖޫ ވިދާޅުވި އެވެ.