2019 ވަނަ އަހަރު މަގުތައް ހަދައި ދުރު ހިސާބުތައް ގުޅުވާލުމަށް ހިންގަން ފެށި ޕްރޮގްރާމު ކާމިޔާބުވެ، އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގެ ރައްޔިތުން ރަށު ބަންދުން ވީއްލިފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. ޖައްމޫ ކަޝްމީރަކީ މަގު ހެދުމުގެ ޕްރޮގްރާމުން އެންމެ ބޮޑަށް ފައދާ ކުރި ސަރަހައްދެވެ. ކަޝްމީރު އިންޑިއާގެ އެހެން ސަރަހައްދުތަކާ ގުޅުމުގެ ސަބަބުން މިހާރު ކަޝްމީރަކީ، އިންޑިއާގައި ތިން ވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ސަރަހައްދެވެ.

2019ގައި ފެށި ޕްރޮގްރާމުގައި 427 ސްކީމެއް ހިންގައިފައި ވެއެވެ. އޭގެ ދަށުން 114 އާބާދީއެއް ކަޝްމީރުގައި މައި މަގުތަކުގެ ނެޓްވޯކްތަކާ ގުޅާލުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ލުއިތަކެއް ލިބިއްޖެ އެވެ.

އެކަމުގެ ސަބަބުން، ތަޢުލީމާއި، ވަޒީފާއާއި، އިޖްތިމާޢީ ބަދަލުތަކުގެ ދާއިރާއާއެކު ބިން ބޭނުން ކުރުމުގައިވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ.