ހއ.އިހަވަންދޫ ފުޓްބޯޅަ ދަނޑު ސާފުކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެކުންފުނީން ބުނެފައިވަނީ އެއީ އިޖުތިމާޢީ ޒިންމާގެ ދަށުން، ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ނިމޭނޭ ދުވަހެއް އެކުންފުނީން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެކުންފުނީން މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް އެމަަސައްކަތް ނިންމާލުމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި މިވަގުތު ހިންގާ ތަރައްގީގެ ވަރަށްގިނަ މަޝްރޫއުތަކާ ހަވާލުވެ އެ މަސައްކަތް އަމަލީ ގޮތުން ކުރަމުންދާ އެއް ކުންފުންޏެވެ. އެ ގޮތުން އެއާޕޯޓުތައް އެޅުމާއި، ރަށްރަށުގެ މަގުތައް ހެދުމާއި، ފެނުގެ ޚިދުމަތްތަކާއި، ބަަނދަރުތައް ފުންކޮށް ބަނދަރުތައް ހެދުން ފަދަ އެއްތައް މަޝްރޫއެއް ހިމެނެއެވެ.