ޗައިނާ ސަފީރު ވިދާޅު ވަނީ އިންޑިއާގައި ވޭތިކުރި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނިއުދިއްލީގައި ހުންނެވި ހުންނެވުން ނިމުމަކަށް އަންނައިރު އެއީ "ހަނދާން ނައްތައި ނުލެވޭނެ މުއްދަތެއް" ކަމަށެވެ. ޗައިނާގެ ސަފީރު ސަން ވެއިޑޮންގް އިންޑިއާގައި ހުންނެވި ފައްތަރަކީ އިރުމަތީ ލަދާކްގައި ދިގުދެމިގެންދާ އަސްކަރީ ހަމަނުޖެހުންތަކެއް ހިނގި ފައްތަރެވެ.

“އިންޑިއާގައި ހުންނަވާ ޗައިނާ ސަފީރުގެ މަގާމުގައި ހުންނެވުމަކީ އަޅުގަނޑުގެ ހަޔާތުގައި ހަނދާން ނައްތާނުލެވޭނެ ދުވަސްވަރެއް. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ކުރަން ޖެހުނު ހުރިހައި ތަޖުރިބާއެއް ލޯއްބާއެކު ހަނދާންކުރަން،” އެމްބެސެޑަރ ސަން ވިދާޅުވިއެވެ.