ރަޝިޔާގެ "އާރްޓީ" ޓީވީގެ ކޮމެންޓޭޓަރު އެންތޯން ކްރަސޯވްސްކީ ވަކިކުރަން އެ ޓީވީ ސްޓޭޝަނުން ނިންމައިފިއެވެ. ކްރަސޯވްސްކީ އަކީ އޮން އެއަރގައި ޔުކްރޭންއަށް ރުޅިވެރި ބަސްތައް ރައްދު ކުރުމުގައި ނަން މަޝްހޫރު މީހެކެވެ.

އޭނާގެ ނަފްރަތުން ފުރިގެންވާ ބަސްތަކުން ވިލާތު އިއްތިހާދުން ފެބްރުއަރީ މަހުން ފެށިގެން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ބވެއެވެ.

ޔުކްރޭންގެ ކުޑަ ކުރިން ދިރި ތިއްބާ ކަނޑު ފައްތާލަން ބުނުމާއި އެކުދިންނަށް އަނިޔާ ކުރުމަށް އޭނާ އޮންއެއަރގައި ގޮޥާލުމުން ރަޝިޔާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އޭނާއާ ދެކޮޅަށް މީހުން އިހުތިޖާޖުކޮށްފައި ވެއެވެ. އެންމެ ފަހުން މަޖުބޫރުވެގެން އާރްޓީން ވަނީ އޭނާ ވަކިކޮށްފައެވެ.