ޗައިނާއިން ޓަވަރ އޮފް ލަންޑަންއާ ދިމާލުގައި 'ސުޕަ އެމްބަސީ' އެޅުމަށް ރާވާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ މެމްބަރުން ދަނީ ގޮވާލައްވަމުންނެވެ.

ސިޔާސީ ބޭފުޅުން، ހައުސް އޮފް ލޯޑްސްގެ މެމްބަރުންނާއި ސްޓޭކްހޯލްޑަރުން ވަނީ ލަންޑަންގެ ޓަވަރާއި ދިމާލުގައި ހުރި ޒަމާންވީ އިމާރާތެއް ކަމަށްވާ ރޯޔަލް މިންޓް ޗައިނާގެ 'ސުޕަރ އެމްބަސީ' އަކަށް ބަދަލު ކުރުމަށް ރާވާފައިވާ ކަންކަން ތަހުގީގު ކުރުމަށް އެދިފައެވެ.

ލަންޑަންގެ ތާރީޚި މިބިލްޑިންގެ މިލްކުވެރިއަކަށް ވުމަށް ޗައިނާއިން 255 މިލިއަން ޕައުންޑަށް އެތަން ގަތީ 2018ގައެވެ.

އެ ބިމަކީ ހައްލައްކަ އަކަ ފޫޓުގެ ބިމެކެވެ.

ޗައިނާއިން ލަންޑަންގައި ސުޕަ އެމްބަސީއެއް އެޅުމަށް ވިސްނާފައިވާ ކަން ޑެއިލީ މެއިލްގައި ރިޕޯޓް ކޮށްފައިވާ ދަނޑިވަޅަކީ، މެންޗެސްޓާގައި ހުންނަ ޗައިނާ ކޮންސިއުލޭޓް ކައިރީގައި މުޒާހަރާ ކުރި މީހުން އެތެރެއަށް ވައްދައި ތެޅި ހާދިސާ ތަހުގީގު ކުރަމުންދާ ވަގުތެކެވެ.